File photo taken in November 2017 shows U.S. President Donald Trump (R) and Chinese President Xi Jinping at the Great Hall of the People in Beijing. (Kyodo via AP Images) ==Kyodo

ދުނިޔެ އަށް ޖެހިފައިވާ ހާލުގެ ޒިންމާ ޓްރަންޕު އެޅުވީ ޗައިނާގެ ބޮލުގައި!

ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެ އަށް ޖެހިފައިވާ ހާލުގެ ޒިންމާ ޓްރަމްޕް އެޅުވީ ޗައިނާގެ ބޮލުގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮރޯނާ ވައިރަސް ފެތުރޭ މައްސަލާގައި ޗައިނާއަށް ދެމުންދާ ބަހުގެ ހަމަލާގެ ތެރެއިން މިފަހަރު ޓްރާމްޕް ވަނީ ކޮރޯނާ ވައިރަސް މާކުރިންސުރެ ވެސް ޗައިނާއަށް ހުއްޓުވެން ޖެހޭނެ އެއްޗެއް ކަމަށް ބުނެފައެވެ.

“ކޮރޯނާވައިރަހަކީ ޗައިނާ އަށް އެނގިގެންވީ ކަމެއް ނަމަ އެކަމުގެ އަގު އެ ގައުމުން އަދާކުރަން ޖެހޭނެ،” ކަމަށް ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނެފައިވެއެވެ. އަދި ކޮރޯނާ ވައިރަސް ޗައިނާއިން ނުހުއްޓުމުގެ ނަތީޖާ އަކީ މިއަދު މުޅި ދުނިޔެ ތަހައްމަލު ކުރަމުން ދިއުންކަމަށެވެ.

“މިއީ ޗައިނާއަށް އެނގިގެން ހެދި ބޮޑު ގޯހެއް.” ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސް ފުރަތަމަ ފެތުރެން ފެށުމާއި އެކު އެމެރިކާއިން ވަނީ މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ސަލާމަތީ ކަންކަމަށް ފަަރުވާކުޑަކޮށް އަޅާނުލާ ތިބުމުން އެމެރިކާއަށް ކޮރޯނާ ވައިރަސް އެތެރެވެ ބާރު މިނެއްގައި ފެތުރެން ފެށިއެވެ. ލަސްތަކެއް ނުވެ ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ކޮރޯނާ ޖެހިފައިވާ މީހުން ތިބި ޤައުމަކަށް އެމެރިކާ ވެގެންދިޔައެވެ.

ކޮރޯނާވައިރަހުގެ ނަމެއްގެ ގޮތުގައި ޓްރަމްޕް ބޭނުންކުރަނީ ޗައިނާ ވައިރަހެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ