ކޮރޯނާ ވައިރަސް: ދޫކުރި އެއްޗެއްތަ؟ ދޫކުރީ ޗައިނާ؟ އެމެރިކާ؟

ކޮރޯނާ ވައިރަސް ދުނިޔޭގެ ފެތުރެން ފެށުމާއި އެކު ތަފާތު ތިޔަރީތައް ކޮރޯނާ އާއި ގުޅުވައިގެން ނެރެން ފެށިއެވެ. ތިޔަރީތައް ހެދުމަކީ ކޮންމެ ކަމެއްގައިވެސް އާންމު ކަމަކަށްވީނަމަވެސް މިކަން ޝައުގުވެރިވެގެން ދިޔައީ ދުނިޔޭގެ ދެ ބާރު ކަމުގައިވާ އެމެރިކާ އާއި ޗައިނާގެ މިބަހުސަށް ވަދެގެން ދިއުމުންނެވެ.

ކޮރޯނާ ވައިރަހަކީ ގަސްދުގައި ބަޔަކު ދޫކުރި އެއްޗެއްތަ؟
ކޮރޯނާ ވައިރަހަކީ ގަސްދުގައި ބަޔަކު ދޫކުރި އެއްޗެއް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަނެއް ބަޔަކު އެއީ ދޮގެއްކަމަށް ބުނަމުންދާއިރު ދެފަރާތުންވެސް ހެކި ދައްކަމުންދެއެވެ. މިއީ ދޮގެއް ވިޔަސް ތެދެއްވިޔަސް ޝައުގުވެރި ކުރުމަވަނީ ކޮރޯނާގެ އަޑީގައި ތިބި ބަޔަކާއި މެދުގައެވެ. އެމެރިކާއިން ބުނަމުންދަނީ ކޮރޯނާ އަކީ ޗައިނާއިން ދޫކުރި ވައިރަހެއް ކަމަށެވެ. އަދި އެމެރިކާއިން ވަނީ އެއީ “ޗައިނާ ވައިރަސް”ގެ ނަމުން ނަންދީފައެވެ. އަނެއް ކޮޅުން ޗައިނާއިން ބުނަނީ ކޮރޯނާ ވައިރަހަކީ އެމެރިކާއިން ޗައިނާއަށް ދޫކުރި ވައިރަހެއްކަމަށެވެ.

ޗައިނާގެ ބަސް:
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒާއޯ ލިޖިއަން ވިދާޅުވެފައި ވަނީ އެއީ އެމެރިކާ ސިފައިން ވޫހާން އަށް ދޫކުރި އެއްޗެއް ކަމަށެވެ. ކޮރޯނާވައިރަހާ ގުޅޭ ގޮތުން އެމެރިކާ އަށް ތުހުމަތުކޮށް ޒާއޯ ލިޖިއަން ވަނީ ޓްވީޓް ކުރައްވާފައެވެ.

“ކޮރޯނާވައިރަހަކީ އެމެރިކާގެ އަސްކަރިއްޔާ އިން ވޫހާން އަށް ގެންދިޔަ އެއްޗަކަށް ވެދާނެ. އެމެރިކާ އިން އެކަން ސާފުކޮށްދޭން ޖެހޭނެ،” ޒާއޯ ކުރެއްވި ޓްވީޓްގައިވެ އެވެ.

މިޓްވީޓްގެ ސަބަބުން ޗައިނާ އާއި އެމެރިކާގެ ގުޅުމަށްވަނީ ވަރަށް ބޮޑަށް އަަސަރުކޮށްފައެވެ.

އެމެރިކާގެ ތުހުމަތު ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވަނީ ދޮގުވެސް ކޮށްފައެވެ. “ކޮރޯނާވައިރަހަކީ ލެބެއްގައި އުފެއްދި އެއްޗެއް ކަމުގެ އެއްވެސް ހެއްކެއް ލިބެން ނެތް ކަމަށް ޑަބްލިއުއެޗްއޯ އިން ވެސް ބުނެފައިވާ” ކަމަށް ޒާއޯ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ބަސް:
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ކޮކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން އުފެދުނު އެއްޗެއް ނޫން ކަމަށާއި އެއީ އެ ސިޓީގެ ސަލާމަތީ ފިޔަވަޅުތައް ދޯދިޔާ ލެބަކުން ދޫވި އެއްޗެއް ކަމަށެވެ. އަދި މީގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ “ކޮރޯނާވައިރަހަކީ ވާލުގެ ތަހުލީލުތައް ކުރާ ވޫހާންގެ ބަޔޯ ރިސާޗް ސެންޓަރަކުން ދޫވި އެއްޗެއްތޯ ބަލަން އެމެރިކާ އިން ތަހުގީގު ކުރަމުން އަންނަ” ކަމަށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެމެރިކާއިން ތަފާތު ބަހުގެ ހަމަލާތައް ޗައިނާއަށް ދަނީ ދެމުންނެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ކޮރޯނާ ވައިރަސް އަށް “ޗައިނާ ވައިރަސް” ކިޔާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ޓްރަމްޕްއަށް އަމާޒުވެފައެވެ.

ފަހު ބަސް:
ކޮރޯނާ ވައިރަސް މުޅި ދުނިޔޭގައި ވަކި ހިއްޕާލާފައިވާއިރު ޔަގީންވާ ކަމަކީ “ޕޭޝެންޓް ޒީރޯ” އަކީ ޗައިނާ މީހެއް ކަމެވެ. ވައިރަސް ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން އިންކަމެވެ. ޗައިނާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޗައިނާގައި އެވައިރަސް ފެތުރުމުގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ބަޔަކު ތަމްރީނުތަކަށް ޗައިނާއަށް އައިސްފައިވާކަމަށާއި ޝައްކު ކުރެވޭ ކަންތައްތަކެއް ފެނިފައިވާކަމަށެވެ.

ޔަގީންވާ ކަމަކީ ޗައިނާއިން ފުރަތަމަ ފެނުން ވައިރަސް ޗައިނާއިން ކޮންޓްރޯލް ކުރެވިފައިވާއިރު ކޮރޯނާ ވައިރަސް އެމެރިކާގައި ވަނީ ކޮންޓްރޯލުން ނައްޓާފައެވެ. އެމެރިކާގައި ބާރު މިނެއްގައި ކޮރޯނާ ފެތުރެމުންދާއިރު ޗައިނާއިން ބަލިޖެހޭ މީހުންގެ އަދަދު ވަނީ އިންތިހާއަށް މަދުވެފައެވެ. ކޮރޯނާ އަކީ ދެ ގައުމެއްގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ނަތީޖާ ކަމުގައިވާނަމަ އެތަޅާ ފޮޅުމުގެ އަސަރު ކަމާއި ނުބެހޭ ގައުމުތަކަށްވެސް މިދަނީ ކުރަމުންނެވެ. މުޅި ދުނިޔެ މިވަނީ އެވައިރަހެއްގެ ސަބަބުން ހުއްޓުމަކަށް އައިސްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ