A

ލަންކާގައި ދެ ވަނަ ހަމަލާ ދޭން ރޭވި އެންމެން ހައްޔަރުކޮށްފި

ލަންކާގައި ދެ ވަނަ ހަމަލާ ދޭން ރޭވި އެންމެން ހައްޔަރުކޮށްފިއެވެ.

މިދިޔަ އަހަރު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، ދޭން އުޅުނު އިތުރު ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ލަންކާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

“ލަންކާގައި ދެ ވަނަ ހަމަލާ ދޭން ރޭވި އެންމެން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި” ކަމަށް ލަންކާގެ ފުލުހުންނާއި ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނެފައިވެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ދެ ވަނަ ހަމަލާއެއް ދޭން އުޅުނުކަން އެނގުނީ ލަންކާގެ ސީއައިޑީ އިން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން ކަމަށެވެ.

“ސީއައިޑީގެ ތަހުގީގުން އެނގުނު ގޮތުގައި ދެ ވަނަ ހަމަލާ ދޭން އުޅުނީ ވެސް އީސްޓާ ސަންޑޭގެ ހަމަލާގެ އިސް މޭސްތިޔާ ޒަހްރާން ހާޝިމް އަށް ނިސްބަތްވާ ބައެއް” ފުލުހުންގެ ތަރުޖަމާން ލަންކާގެ މީޑިއާއަށް ވިދާޅުވެފައިވެއެވެ.

2019 ގެ އެޕްރީލް 21 ގައި ކޮލަމްބޯގެ ލަގްޒަރީ ހޮޓާތަކާއި ފައްޅިތަކަށް ދިން އަމިއްލަތަކަށްފަހު ލަންކާގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ކޮރޯނާ ވައިރަސް ލަންކާގައި ފެތުރެމުން މިދާ ދުވަސްވަރާއި ދިމާކޮށް ލަންކާ ވަނީ އިތުރު ބިރުވެރިކަމެއްގެ ތެރޭގައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ