ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ސިފައިންގެ މަނަވަރު ތަކުގައި ކޮރޯނާ ފެތުރުމުގެ ބިރު ބޮޑުވެއްޖެއެވެ.
އެމެރިކާ އަދި ފްރާންސްގެ ސިފައިންގެ މަނަވަރުތަކުގައި ކޮރޯނާ ފެތުރޭ ނިސްބަތް ގިނަވެ އިތުރަށް ފެތުރިދާނެކަމުގެ ބިރުވަނީ އިތުރުވެފައެވެ.
ޚަބަރުތަކުން ބުނާ ގޮތުގައި އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުން 500 ފަޅުވެރިން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެކަކު ވަނީ މަރުވެފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި މީގެ އިތުރުން ފްރާންސްގެ މަނަވަރަކުން 2،000 ފަޅުވެރިންގެ ތެރޭން 668 މީހުން ވަނީ ޕޮޒިޓިވްވެފައިވާތީ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއްގައި ކޮރޯނާ ފެތުރެމުންދާތީ ސަލާމަތީ ކަންތައް ވަނީ ވަރުގަދަ ކޮށްފައެވެ. ކަނޑުގެ ސިފައިންގެ މަރުކަޒުން ފެނިފައިވިޔަސް ކަނޑުގެ އެއްވެސް އުޅަނދަކުން ކޮރޯނާ ފެނިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.