ޖުމުހޫރީ މައިދާން ސަރަހައްދުގައި އުޅޭ ކޮތަރުތަކަށް ކާންދޭން ފުލުހުން ނުކުމެއްޖެ

ޖުމުހޫރީ މައިދާން ސަރަހައްދުގައި އުޅޭ ކޮތަރުތަކަށް ކާންދޭން ފުލުހުން ނުކުމެއްޖެއެވެ.

ޖުމްހޫރީ މައިދާން ފަޅުފިލުވައިދޭ ކޮތަރުތަކަށް ކާނެ އެއްޗެއް ނުލިބި މަރުވަމުންދާ ކަމަށް ސޯޝަލް މީޑިއާ ދެކެވެމުންދާ މިދަނޑިވަޅުފައި ފުލުހުން އެކަމަށް ނުކުމެފައިވާކަމަށް ހާމަކޮށްފައިވަނީ ޕޮލިސް ކޮމިޝަނާރ ކުރެއްވި ޓްވީޓަކުންނެވެ.

ކޮމިޝަނަރު ހަމީދު މީހަކު ޓުވިޓަރގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ “ކޮތަރުތަކަށް ކާން ދިނުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން ކުރަމުން އަންނަ” ކަމަށެވެ. މީހަކު ޓުވިޓާރގައި ޕޮލިސް ކޮމިޝަނަރ މެންޝަންކޮށް ކުރި ޓްވީޓް ގައި ބުނެފައިވަނީ “ހުސައިން އާދަމް ބިލްޑިންގ އިން މިކަމަށް ފުލުހުން ހަވާލުވެލައްވާނެކަމަށް ވަރަށް އުންމީދު ކުރެވޭ!”ކަމަށެވެ. ޖަވާބުގައި ކޮތަރުތަކަށް ކާންދޭ ފޮޓޯ އަކާއި އެކު ކޮމިޝަނަރ ޖަވާބު ދެއްވާފައިވެއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ކޮތަރުތަކަށް ކާންދޭނެ ބަޔެއް ނެތުމުން މަރުވެފައިވާ ފޮޓޯ ތަކެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ