ބަންގްލަދޭޝް އާއި ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިން ގެނެސްފި

ބަންގްލަދޭޝް އާއި ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައި ރާއްޖެ ގެނެސްފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ނޭޕާލާއި ބަންގްލަދޭޝް ލޮކްޑައުންކޮށް ބޯޑަރުތައް ބަންދުކުރުމުން އެ ދެޤައުމުގައި ނާދެވި ތިބި ދިވެހިންތައް ރާއްޖެ ގެނެސްފައިމިވަނީ ބަންގްލަދޭޝް ގެ އަސްކަރީ މަތިންދާ ބޯޓެއްގައެވެ.

ބަންގްލަދޭޝްގައި ތިބި ދިވެހިން ގެނައުމާ ގުޅޭ ގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުލް މޫމިންއާާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެ ފަހަރެއްގެ މަތިން ފޯނުން މަޝްވަރާ ކޮށްފައިވެއެވެ.

“ތިބި 53 ދިވެހިންނާއި ނޭޕާލުގައި ތިބި 18 ދިވެހިންގެ އެ ބޯޓުގައި ގެނައި. ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވާން 10 މީހުން ހިމެނޭ ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް އެ ބޯޓުން އައިސްފައިވޭ. އެ ދެ ގައުމުގައި ތިބި ގިނަ ދިވެހިންނަކީ ޑޮޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނާއި އެކި ދާއިރާތަކުން ސްޕެޝަލައިޒްވަމުން އައި ޑޮކްޓަރުންނާއި އިންޓާންސް”ކަމުގައި ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ރާއްޖެ އައި ބަންގްލަދޭޝްގެ އަޝްކަރީ މަތިންދާ ބޯޓުން ވަނީ ބަންގްލަދޭޝްގެ 70 ރައްޔިތަކު އަނބުރާ ގެންދަން ވަނީ ނިންމައިފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ