ރޯދަ އަށް މުދާ ޑެލިވަރީ ކުރުން ލަސްވެދާނެކަމުގެ ބިރު

ރޯދަ އަށް މުދާ ޑެލިވަރީ ކުރުން ލަސްވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ރޯދަ އަށް ބޭނުންވާ ވަރަށް ސްޓޮކް ހުރި ކަމުގައިވިޔަސް ރާއްޖޭ މިހާރު އޮތް ހާލަތުގެ ސަބަބުން ތަކެތި ފޯރުކޮށްދިނުމުގައި ލަސްތަކެއް ދިމާވުން އެކަށީގެންވާ ކަމަށް ވިޔަފާރިވެރިން ބުނަންފަށައިފިއެވެ.

މާލޭގެ ބޮޑެތި ބައެއް މާރޓުތަކުގެ މުވައްޒަފުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު ފިހާރަތުން ތަކެތި ޑެލިވަރީ ކުރުމަށް ވަނީ ލަސްކަމެއް އައިސްފައެވެ. ކުރިންވެސް ޑެލިވަރީ ނިޒާމް ފެއިލްވެފައިވާތީ އެޝަކުވާ ބޮޑުވެފައިވަނިކޮން މިފަދަ ކަމެއް ދިމާވުމުން އިތުރަށް ނިޒާމަށް ބުރޫ އަރާފާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައިވަނިކޮން ރަމަޟާން މަސް ކުރިމަތިވުމުން ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ސަރުކާރުންވެސް ވަނީ ރަމަޟާން މަހު ކާބޯތަކެތި ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އެހެންނަމަވެސް ތަކެތި ލިބޭނެ ކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ