ކުރު ވީޑިއޯތައް ބެލުމަށް ހާއްސަކޮށް މޮބައިލް އެޕް “ކްއިބީ” އަޅައިފިން ހެއްޔެވެ؟ ސްޓްރީމްކުރެވޭ މި ޕްލެޓްފޯމް ތައާރަފް ކުރުމާއި އެކު ގިނަ ބަޔަކަށް ކަމުދިޔައެވެ.
އެޕް ނެރުނުތާ ފުރަތަމަ ހަފުތާ ތެރޭގައި ވެސް 1.7 މިލިއަން މީހުން ޑައުންލޯޑްކޮށްފައިވާ މިއެޕް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.
“މިޕްލެޓްފޯމަކީ 10 މިނިޓް ނުވަތަ އެއަށް ވުރެ ކުރު ވީޑިއޯތަކަށް ހާއްސަ އެއްޗެއް. މި ވަގުތު ހަމައެކަނި އެޕް ބޭނުން ކުރެވެނީ ސްމާޓްފޯން މެދުވެރި ކަމަށް ވިޔަސް ކުރިއަށް އޮތް ތަނުގައި ޓެބްލެޓާއި ޓީވީތަކުން ވެސް ބެލޭނެ ގޮތް ހަދާނެ.” ކަމަށް ކްއިބީގެ ސީއީއޯ މެގް ވިޓްމަން ބުނެފައިވެއެވެ.
“ކްއިބީ” އަށް ބޮޑަށް ތަރުހީބު ލިބެމުންދަނީ 30 އަހަރުން ދަށުގެ މީހުންނަށް ކަމަށް “ކްއިބީ” އިން ހާމަކުރެއެވެ. މިއެޕްގެ ކާމިޔާބުގެ ފަހަތުގައި ޑްރޮޕްބޮކްސްގައި ކުރިން އިސް މަގާމުތަކެއް އަދާކޮށްފައިވާ މެގް ހިމެއެވެ. އެޕާއި ބެހޭގޮތުން މެގް ބުނެފައިވަނީ “މީތި ބޭނުން ކުރާ މީހުންގެ ބޮޑު ނިސްބަތަކީ ތިރީސް އަހަރުން ދަށުގެ މީހުން.” ކަމަށެވެ.