ޞިއްޙީ ޚިދުމަތްތެރިންނަށް ފުރައްސާރަކުރާ ފަރާތަކަށް ފިޔަވަޅު އަޅަން ޣައްސާން ގޮވާލައިފި

ޞިއްޙީ ޚިދުމަތްތެރިންނަށް ފުރައްސާރަކުރާ ފަރާތްތަކުގެ ނަން ހާމަކޮށް ފިޔަވަޅު އަޅަން ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

މިއަދު ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޞިއްޙީ ޚިދުމަތްތެރިންނަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ޢަމަލުތައް ހިންގާ މީހުންގެ ނަންތައް ހާމަކޮށް އެފަރާތްތަކާމެދު ފިޔަވަޅުވެސް އަޅަން ޖެހޭކަމަށެވެ.

ޞިއްޙީ ޚިދުމަތްތެރިންނަށް ފުރައްސާރަކުރާ ކަމުގެ ޝަކުވާ ޞިއްޙީ ޚިދުމަތްތެރިންގެ ޔޫނިއަނުން ކުރުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވައި ޣައްސާން އިތުރަށް ވިދާޅުވީ “ޞިއްހީ ޚިދުމަތްތެރިން އެބޭފުޅުންގެ ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ނުބައްލަވައި ޤައުމަށްޓަކައި ކުރައްވާ މަސައްކަތަށް ޝުކުރުވެރިވުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ލާޒިމުވާނެ ކަމެއް”ކަމުގައެވެ.

ޞިއްޙީ ޚިދުމަތްތެރިންނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުންނާއި ދެކޮޅަށް އާންމުންގެ ފަރާތުން ދަނީ ރައްދު ދެމުންނެވެ. އެގޮތުން ދާދިފަހުން “ހުރިހާ ނަރުހުންވެސް މިހާރު ދެން ކޮވިޑް19 އަށް ފަރުވާ ކުރާ މީހުންނަށް ވެއްޖެ” އޭ ބުނަ ސޯޝަލް މީޑިއާގައި ލިޔުމުން އަންހެނަކަށް ގިނަ ބަޔަކު ވަނީ ރައްދު ދީފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ