ކުލި ނުދެއްކޭ މީހުން ގެއިން ނުނެރުމަށް ސަރުކާރުން އެދިއްޖެއެވެ.
ކުލި ނުދެއްކިގެން ބައެއް ފަރާތްތަކުން ގެތަކުން ނެރުމުގެ ޝަކުވާ ބޮޑުވަމުންދާތީ ސަރުކާރުން މިއަދު ވަނީ ކުލި ނުދެއްކޭ މީހުން އެކަން އެގޮތަށް ނުކުރެއްވުން ވަރަށް ބޮޑަށް އެދޭ ކަމަށް ހާމަކޮށްފައެވެ.
ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ “މި ހާލަތުގައި، ލިބޭ އާމްދަނީންް ކުލި ނުދެއްކިގެން އެތަނަކުން ނުނެރުން އެދެން. އެފަދަ ކޭސްތަކެއް އަޅުގަނޑުމެންނަށް ލިބެމުން ވެސް އެބަދޭ. އެހެންވީމަ އެކަން އެގޮތަށް ވެރިފަރާތުން ނުކުރެއްވުން ވަރަށް ބޮޑަށް އެދޭ” ކަމަށެވެ. އަދި އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ސަރުކާރުން އެ ބަޔަކަށް އެހީ ވެސް ވާނެ. އެހީވަމުން ވެސް އެބަދާކަމަށްވެސް މަބުރޫކު ވިދާޅުވިއެވެ.
ކުލި ނުދެއްކި މަގުމަތިވާ މީހުންގެ އަޑު މާލޭގައި ގަދަވެފައިވާއިރު ބައެއް ފަރާތްތަކުން ރަށަށްވެސް ވަނީ ބަދަލުވެފައެވެ.
One Response
ކުލި ނުދެއްކޭ މީހުންނަށް މާލީ އެހީ ދޭން ފެނޭ
Comments are closed.