ކޮވިޑް19 ގެ ކަންތައް ރާއްޖެއިން ހިލުވާލުމާއި އެކު ކަމާއި ބެހޭ މާހިރުން ފުރަތަމަވެސް ދެއްވަމުން އައި އިރުޝާދަކީ މާސްކު އެޅުމަށާއި އަތް ރަނގަޅަށް ދޮވުމަށެވެ. އެހެނަސް މި އިރުޝާދަށް ގިނަ ބަޔަކު ބީރު ކަންފަތެއް ދީފައިވާކަން މިހާރުވެސް މަގުތަކަށް ނަޒަރު ހިންގާލުމުން ފެނިގެންދާނެއެވެ. ގިނަ ބަޔަކު މާސް ނާޅާ މަގުތަކުން ފެންނަމުންދާ ކަމީ ހިތާމަ ހުރި ކަމެކެވެ.
ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކު އަޅައިގެން ނުނިކުތުމަށް ކުރެވޭ އާދޭހުގެ އަޑު އަނެއްކާވެސް މިވަނީ ގަދަވެފައެވެ. ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވަނީ މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
“ފިހާރަ ފަދަ ތަންތަނާއި މީހުން ގިނަ ތަންތަނަށް ދާއިރު ވެސް މާސްކެއް އަޅައިގެން ދިޔުން ވަރަށް މުހިއްމު” ކަމަށް ޑރ. އަލީ ލަތީފު ނޫސްކޮންފަރެންސްގައި ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައިވެސް މާސްކު އެޅުން ދަނީ މަޖުބޫރު ކަމަށް ހަދަމުންނެވެ. އެގޮތުން އެކި ގައުމުތަކުގައި މާސްކު ނާޅާ މަގުތަކަށް ނުކުންނަ ނަމަ އެކިވަރުން އަދަބުދީ ޖޫރިމަނާވެސް ދަނީ ކުރަމުންނެވެ.
އެގޮތުން މޮރޮކޯގައި މާސްކް ނާޅާ ނަމަ ޖަލަށްލުމަށް ވަނީ ނިންމައިފެއެވެ. ޖަލަށް ލުމުގެ އިތުރުން 126 ޑޮލަރުން ޖޫރިމަނާކުރަން މޮރޮކޯ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ސިންގަޕޫރު ގައި ބޭރަށް ދާއިރު މާސްކް އެޅުން ވަނީ މަޖްބޫރުކޮށްފައެވެ. މާސްކް ނާޅާ މީހުން 200 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރަން އެގައުމުގެ ސަރުކާރުންވެސް ވަނީ ނިންމާފައެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީގައި އާއްމުން ބޭރަށް ނުކުންނަ އިރު ފޭސް މާސްކް އެޅުމަށް އިންޑިއާ ސަރުކާރުން މަޖްބޫރުކޮށްފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި މާސްކު އެޅުމަށް މިހާރު ބާރު އަޅަމުންދަނީ މާސްކުގެ ސަބަބުން ވައިރަސް ފެތުރުނު ނުދިނުމަށް ކޮންމެވެސް އެހީތެރިކަން ލިބިދާނެކަމަށް ސިއްހީ މާހިރުން ވިދާޅުވާތީއެވެ. ހެޔޮނުވާނެއެވެ. ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކް އަޅުއްވާށެވެ! ތިމާ އަށާއި އަނެކާގެ ސަލާމަތަށް ޓަކައެވެ.