ޕާކިސްތާނުގައި އިއްޔެ އެކަނި 796 މީހުންނަށް ކޮވިޑް ޖެހިއްޖެ

ޕާކިސްތާނުގައި އިއްޔެ އެކަނި 796 މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

“ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުން 796 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭ. މިއީ ރެކޯޑް އަދަދެއް.” ޕާކިސްތާނުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ޕާކިސްތާނުގައި އާދަޔާ ހިލާފަށް ކޮވިޑް19 ޖެހޭ މީހުން އިތުރު ވެފައިވާާއިރު މިކަމާއި ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާއި މެދު ޕާކިސްތާނުގެ ބައެއް ރައްޔިތުން ނުރުހުން ފާޅުކުރިއެވެ. އޭގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމުން ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރުތައްވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ ރޯދަ މަހުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީޙު ކުރުމުގެ ހުއްދަ ދީފައެވެ.

ޕާކިސްތާނުގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9216 އަރާފައިވާއިރު މީގެކުރިން 24 ގަޑީއިރު ޕާކިސްތާނުގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ 200 އާއި 350 އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ