އެސްޓީއޯގެ އެމްޑީ އަމްރު

ރާއްޖޭގެ އެކި ހިސާބަށް ކާޑު ގެންގޮސްފައިވާ މިންވަރު އެސްޓީއޯގެ ވެބްސައިޓުން ބަލައިލެވޭނެ

ރާއްޖޭގެ އެކި ހިސާބަށް ކާޑު ގެންގޮސްފައިވާ މިންވަރު އެސްޓީއޯގެ ވެބްސައިޓުން ބަލައިލެވޭނެކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއިން ކާޑު ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާ އެމްޑީ އަމްރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބަށް ކާޑު ގެންގޮސްފައިވާ މިންވަރު އެސްޓީއޯގެ ވެބްސައިޓުން ބަލައިލެވޭނެކަމަށެވެ.

“އެސްޓީއޯގައި ކާޑުގެ ސްޓޮކް އެބަހުރި. އަތޮޅުތަކުގެ އިތުރުން ފިހާރަތަކަށް ކާޑު ޑެލިވަރީ ކުރަމުންދާނެ.
އަމްރު ވިދާޅުވިއެވެ. އަދި އަމްރު ވިދާޅުވީ “ރާއްޖެއިން ކާޑު ހުސްވީ ކަމަށް ބުނެ ދޮގު ހަބަރު ފެތުރުމަކީ މިފަދަ ހާސްކަންބޮޑު ވަގުތެއްގައި ރައްޔިތުންނަށް ކުރެވޭ އަނިޔާއެއް.”ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބަށް ކާޑު ގެންގޮސްފައިވާ މިންވަރު އެސްޓީއޯގެ ވެބްސައިޓުން ބަލާލެވޭ ލިންކް ތިރީގައި އެވަނީއެވެ.

ކާޑު ގެންގޮސްފައިވާ މިންވަރު ބައްލަވާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ