ބޮޑު އަގުގައި މުދާ ވިއްކާ ނަމަ، އެ ފަރާތެއް ޖޫރިމަނާ ކުރާނެ

ބޮޑު އަގުގައި މުދާ ވިއްކާ ނަމަ، އެ ފަރާތެއް ޖޫރިމަނާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

“މުދާ ގަންނަ މީހުންނާއި ޚިދުމަތް ލިބިގަންނަ މީހުން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މުދާ ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވާ މުދާ އެ އަށް ވުރެ ބޮޑު އަގުގައި ވިއްކާ ނަމަ، އެ ފަރާތެއް ޖޫރިމަނާ ކުރާނެ” ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

ބޮޑު އަގުގައި މުދާ ވިއްކާ މީހުން ޖޫރިމަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ފުރަތަމަ ފަހަރު ގިނަވެގެން 100،000ރ. އިން ޖޫރިމަނާކޮށް އަދި އެ އަށް ފަހު އެކަން ތަކުރާރު ކުރާ ކޮންމެ ފަހަރަކު ގިނަވެގެން 100،000ރ. އިން ޖޫރިމަނާ ކުރުމާ އެކު، އެ ވިޔަފާރިއެއް ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ބަންދު ކުރަން އެންގިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ގުޅިގެން ސަރުކާރުން މުދަލުގެ އަގު ކޮންޓްރޯލްކޮށް، އެންމެ މަތީ އަގު ކަނޑައަޅައިފަތީ އެގޮތަށް އަމަލު ނުކުރާ ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައިވެއެވެ. އެމިނިސްޓްރީއިން ވަނީ އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީ އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން އެދިފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ