މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖައާ ދެންނެވުމުގެ ދޮރުތައް ވަނީ ހުޅުވިފައި: ރައީސް

“މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲ އަށް މުނާޖައާ ދެންނެވުމުގެ ދޮރުތައް ވަނީ ހުޅުވިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ “މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲ އަށް މުނާޖައާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައި.”ކަމަށާއި “ގޭގައި ތިބެގެން ވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ބޭފުޅުން ވެސް އިސްކަން ދެއްވުން ވަރަށް މުހިންމު،” ކަމެއް ކަމަށެވެ.

“އެހެންކަމުން، އަޅުގަނޑުމެންނަށް ކުރިމަތި ވެފައި މިވާ ދަތި ހާލަތުގައި، އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ވެސް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންތައް.”ކަމަށް ރައީސްގެ ޚިޠާބުގައި އިތުރަށް ވިދާޅުވިއެވެ.

ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރި ކޮށްދެއްވުން އެދި ދުއާ ކުރުން އިތުރު ކުރުމަށާއި ކީރިތި ގުރުއާން ކިޔެވުން އިތުރުކޮށާއި ތަރާވީހު ނަމާދު ކުރުމަށާއި ދަމު ނަމާދު ކުރުމަށް ސަމާލުކަން ދެއްވައި، ހުރިހާ ބޭފުޅުން ވެސް ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ