މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭން ނިންމި ނިންމުން ރަނގަޅުނޫން ކަމަށް ގަބޫލުކުރަން: ޝީޝާ

ޝީޝާގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭން ކުރިން ނިންމައިފައި އޮތް ނަމަވެސް އެ ނިންމުމް މުރާޖާކޮށް ހުރިހާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން އެ ކުންފުނިން ނިންމައިފިއެވެ.

ސައިކަލް ވިޔަފާރީގައި ވަރަށް ކުރީގައި އުޅޭ ޝީޝާއިން ނެރުނު ބަޔާނުގައި ބުނީ ކުރިން ރޯދަ އިނާޔަތް ނުދޭން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށް ގަބޫލްކުރާ ކަމަށާއި، އެކަމަށް މުވައްޒަފުންގެ ފަރާތުން މާފަށް އެދޭކަމަށެވެ.
ޝީޝާއިން ބުނީ ކޮވިޑްއާ ގުޅިގެން ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކުރުމުން މުވައްޒަފުންގެ މަސައްކަތުގެ ގަޑިތަކަށާއި އުޖޫރައަށް ބަދަލު ގެންނަން މަޖުބޫރު ވެފައިވާ ކަމަށެވެ.

ކޮވިޑްއާ ގުޅިގެން މިދިޔަ މަހު މަސައްކަތުގެ ގަޑިތައް ވަރަށް ބޮޑަށް މަދުކުރިކަމުގައިވިޔަސް މިދިޔަ މަހުގެ މުސާރަ ހުރިހާ މުވައްޒަފުންނަށް ދޭނެކަން އެންގި ކަމަށާއި، އޭގެ އިތުރުން އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން އެ މުވައްޒަފުން ގައުމަށް ދެވެންދެން ހުރުމާއި ކެއުމާއި ފެނާއި ކަރަންޓްއަށް ހަރަދު ދޭން ނިންމާފައިވާ ކަމަށްވެސް ޝީޝާގެ ބަޔާނުގައި ބުނެފައިވެއެވެ.

ޝީޝާއިން ބުނީ މިދިޔަ މަހު 21 އިން ފެށިގެން މަސައްކަތު ގަޑިތައް ވަރަށް ބޮޑަށް ކުޑަކުރިކަމަށާއި ގިނަ މުވައްޒަފުން އޭގެ ފަހުން އަދާކުރާނެ މާބޮޑު މަސްއޫލިއްޔަތެއް ނޯންނާނެ ކަމަށެވެ. އެކަމާ ގުޅިގެން އެފަދަ މުވައްޒަފުން މުސާރަ ނުލިބޭ ޗުއްޓީއަކަށް ފޮނުވަން ނިންމި ކަމަށާއި އަދި އާންމު ހާލަތަށް ރުޖޫއަވުމުން އެ މުވައްޒަފުންނަށް ކުރިގެ މަގާމަށް ރުޖޫއަވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝީޝާއިން ބުންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ