ޕޮޒިޓިވްވި މީހުން ނެތް ތަންތަނުން ވެސް ޕޮޒިޓިވް ކޭސްތައް ފެނުމުގެ ބިރު!

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ނެތް ކަމަށް ބެލެވޭ ތަންތަނުން ވެސް މި ބައްޔަށް މީހުން ޕޮޒިޓިވްވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ނެޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ބަލި ފެތުރިފައިވާ ކަމަށް ނުބެލެވޭ ތަންތަނުންނާއި ސަރަހައްދުތަކުން ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މުޖްތަމައުގައި މި ބަލި ފެތުރިފައި ވަނީ ކިހާ މިންވަރަކަށް ކަން ބެލުމަށްޓަކައި ކޮމިއުނިޓީ ސާވައިލަންސް ހަދަމުން އަންނަ ކަމަށާއި، ސާވަލަންސް ހަދަނީ ބަލީގެ އަލާމާތްތައް ފެނިގެން ރިޕޯޓުކުރާ މީހުންނާއި ޕޮޒިޓިވް ކޭސްއަކާ ގުޅުން ހުރި ކޭސްއެއް ނެތް ތަންތަނުގައި ވެސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑެއްގެ ދަށުން އަތޮޅު ތެރެއިން އާއި މާލޭގެ އެކި ތަންތަނުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ރަށްރަށުން ކޮވިޑް-19 ބައްޔަށް މީހަކު ޕޮޒިޓިވްވެއްޖެ ނަމަ އަމަލުކުރާނެ އުސޫލު މިހާރު ވެސް އެކުލަވާލާފައިވާ ކަމަށާއި ނަމަވެސް އެކަންތައް މިހާރަށް ވުރެ ވެސް ރަނގަޅުކުރެވޭނެ ގޮތްތައް ބަލަން ސިއްހީ ތަޖުރިބާކާރުން އަންނަނީ މަޝްވަރާކުރަމުން ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ