ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ޚަރަދުކޮށްފައިވަނީ 560 މިލިއަން؟ 595 މިލިއަން؟

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ޚަރަދުކޮށްފައިވަނީ 560 މިލިއަން ކަމަށާއި މަޖިލިސް ރައީސް ވިދާޅުވި ގޮތަށް 595 މިލިއަނެއް ނޫންކަން ސަރުކާރުން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވިގޮތުން، ކޮވިޑް-19އަށް ތައްޔާރުވުމަށް ކުރެވުނު ހުރިހާ ކަމަކަށް އިއްޔެގެ ނިޔަލަށް ސަރުކާރުން ހޭދަކޮށްފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 560 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް މަޖިލީސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކަރަންޓީން ފެސިލިޓީތަކަށް މިހާތަނަށް 595 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

“އެ ފައިސާގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އާއި ހެލްތު މިނިސްޓްރީއިން ކޮވިޑް-19އަށް ތައްޔާރުުވުމަށް ހޭދަ ކުރި 386 މިލިއަން ރުފިޔާ ހިމެނެއެވެ. ފައިސާ އަކީ ޕީޕީއީ، އާއި މެޑިކަލް އިކުއިޕްމެންޓާއި، ޓެސްޓު ކުރަން ބޭނުންވާ އިކުއިޕްމެންޓާއި، ރިއޭޖެންޓްސްއާއި، ބޭސްފަރުވާއަށް ބޭނުންވާ ކޮންޒިއުމަބަލްސްއާއި، އެންއީއޯސީގެ މުޅި އޮޕަރޭޝަނަށް ހަރަދުކޮށްފައިވޭ.” ޚަރަދުގެ ތަފްސީލު ހާމަކުރައްވަމުން ތަރުޖަމާނު މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކުރާ ޚަރަދުގެ ތަފްސީލްކުރުމަށް ސިޔާސީ ފަރާތްތަކުން ގޮވާލަމުންދާއިރު ސަރުކާރުގެ ތެރެއިން ހާމަވާ އަދަދުގައި ތަފާތުވުންތަކެއް އުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ