ކޮވިޑް-19 އާއި ގުޅިގެން ދަތުރު ފަތުރުގެ ނިޒާމް ވަގުތީ ގޮތުން ހުއްޓާލުމާއި ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދަން، އެ ގައުމުން ފެރީއެއް ފޮނުވަން ނިންމާފައިވާ ކަމަށް އިންޑިއާ ނޫސްތަކުން ބުނެފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ ޑެކަން ހެރަލްޑްގައި ބުނެފައި ވަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ 200 ރައްޔިތުން އެގައުމަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އަދި ނިންމުމެއް މުޅިން ފައިނަލްވެފައި ނުވާ ކަމަށެވެ. ނަމަވެސް އިންޑިއާ ރައްޔިތުން ބަލާ ފެރީއެއް އައުން ކައިރި ކަމަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
ކޮމިޝަންގެ ފަރާތުން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވީ، އިންޑިއާއަށް މީހުން ގެންދިއުމުގައި އިސްކަން ދޭނީ މިހާރު ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައި ތިބި މާބަނޑު އަންހެނުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށް ކަމަށެވެ.
ޑެކަން ހެރަލްޑްގައި ރާއްޖެއިން އިންޑިއާއަށް ގެންދާ 200 މީހުން އެންމެ ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮޗިންއަށެވެ. އަދި ކޮޗިންގައި 14 ދުވަހަށް އެމީހުން ކަރަންޓީން ކުރާގޮތަށް ހަމަޖައްސާއިރު، އެ ފެސިލިޓީތަކަށް ފައިސާ ދައްކަން ޖެހޭނީ އެމީހުން އަމިއްލައަށް ކަމަށް ވެސް ޑެކަން ހެރަލްޑްގައި ބުނެފައިވެއެވެ.
One Response
Thiya gendhaa iru Raajjey ga thibi India ge sifain ves mi qaumun baalaa ..Noonee kuri magu ga thaashi vegen dhera gotheh ves dhimaa vedhaane.
Comments are closed.