ބީއެމްއެލް އިން ރިލީފް ލޯނުގެ ގޮތުގައި 34 ވިޔަފާރިއަކަށް 45 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާ ގުޅިގެން ދޫކުރާ ރިލީފް ލޯނުގެ ތެރެއިން 34 ވިޔަފާރިއަކަށް 45 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް، ބޭންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، ބޭންކުން އިވެލުއޭޓް ކުރުމަށްފަހު ފިނޭންސް މިނިސްޓްރިއިން އެޕްރޫވްކޮށްފައިވާ ލޯނުތަކުގެ ތެރެއިން 63 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް މިހާރު ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރެއިން ލިޔުންތައް ފުރިހަމަ ކުރުމަށް ފަހު ބޭންކަށް އަނބުރާ ފޮނުވި 34 ވިޔަފާރިއަށް ފައިސާ ޖަމާކޮށްދީ ނިންމާފައިވާ ކަމަށެވެ.

ރިލީފް ލޯނު ދޫކުރަނީ، އަހަރަކު ހަ ޕަސެންޓްގެ އިންޓްރެސްޓް ރޭޓްގަ އެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ، ހަ މަސް ފަހުން ކަމަށްވާއިރު، ލޯނު އަނބުރާ ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.

ރިކަވަރީ ލޯނުގެ ދަށުން ބީއެމްއެލްއިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ވިޔަފާރީގެ އާމްދަނީގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދާފައިވާ ވިޔަފާރިތަކަށެވެ.

 

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ