ފޮޓޯ: ޕީއެސްއެމް

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ކައިވެނި ކޮށްފި

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކައިވެންޏެއް ކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއެކު، ސަރުކާރު ބަންދުވުމާ ގުޅިގެން މާލޭގައި ކައިވެނި ކުރުން އޮތީ ހުއްޓިފައި އޮއްވައި، މިއަދު ހަވީރު ކުރި މި ރުޖޫޢަ ކައިވެނީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ދިޔަ ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފަ އެވެ.

އޮންލައިންކޮށް ކައިވެނި ކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން ކައިވެނި ކުރުމުގެ ކުރިން ކޯޓުން ދޭ ކައިވެނީގެ އިގުރާރުގައި ކައިވެނި ކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ދެ ހެކިވެރިން ސޮއި ކުރަން ޖެހެ އެވެ. އާންމުކޮށް ކައިވެނި ކުރާއިރު އެކަން ކުރަނީ ކައިވެނީގެ މަޖިލީހުގަ އެވެ.

ކައިވެނިތައް މަޑުޖެހިފައި އޮތުމަށް ފަހު ދެން ފެމެލީ ކޯޓަށް ކައިވެނިކޮށް ދޭ ހުށަހަޅާ ކޮންމެ ފަރާތެއްގެ ވެސް ކައިވެނި އޮންލައިކޮށް ދޭނެ އެވެ. ފެމެލީ ކޯޓުން އޮންލައިންކޮށް ކައިވެނިކޮށް ދޭން އުސޫލު ނެރެފައި ވަނީ ހަމައެކަނި މާލޭގަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ