އެމްޓީސީސީގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ފެރީ ޓާރމިނަލްގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދުގެ މިހާތަނަށް 45 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި އެމްޓީސީސީގެ މުވައްޒަފުވެސް ހިމެނެއެވެ.

އެކަމާއި ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ހުރިހާ މުވައްޒަފުންވެސް މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުރީ ސަފުގައި ތިބެގެން ރައްޔިތުންނަށް ކޮށްދެމުން ގެންދާ ހިދުމަތްތައް ފާހަގަ ކުރައްވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މުވައްޒިފަކުވެސް ހިމެނެއެވެ. އެކަމާއި ގުޅިގެން އެސްޓީއޯގެ ފިހާރަތަކާއި، ގުދަންތައް އަދި މުވައްޒިފުން ތިބޭ ތަންތަން ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

މީގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުުންގެ ތެރެއިން ސިއްހީ ހިދުމަތްތެރިންނާއި، ސިފައިންނާއި އެ ނޫން މުއައްސަސާތަކުގެ މީހުންވެސް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ