ވޯލްޑް ބޭންކުން ރާއްޖެ އަށް 16.5 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

ވޯލްޑް ބޭންކުން ރާއްޖެ އަށް 16.5 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އެހީގެ އެއްބަސްވުމުގައި މިދިޔަ ހަފުތާގައި ޑިޖިޓަލްކޮށް ސޮއިކޮށްފައިވާ ކަމަށާއި، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާފައިވާއިރު، ވޯލްޑް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޑރ. އައިޑާ ސްވަރާއީ-ރިޑިހޯ އެވެ.

ވޯލްޑް ބޭންކުން ދީފައިވާ މި އެހީއަކީ “މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް” މަޝްރޫއުގެ ދަށުން، މާލޭގެ ފެން ހިންދުމުގެ ނިޒާމްގެ ފެންވަރު މަތި ކުރަން ދިން އެހީ އެކެވެ. މި އެހީގެ ދަށުން ހުޅުމާލޭގައި ހަދާ ސޫވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދާނެ ކަމަށްވެއެވެ.

“އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް” ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނާޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ އިންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ