ރާއްޖެއިން އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 21 ބިދޭސީންނާއި ތިން ދިވެހިން ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާގެ މީހެކެވެ.
މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ޖުމްލް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވް ވި 24 މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 642 އަށް އަރާފަ އެވެ.