ފޮޓޯ: އަވަސް

ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރައިން 32 އިންސައްތަ ކުޑަކޮށްފި

ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިން 32 އިންސައްތަ ކުޑަކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތަށް އިތުރު އާމްދަނީއެއް ނުލިބި، މިހާރުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީ އިތުރު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި، ގެންނަ އެއް ބަދަލަކީ އެމްޑީއިން އިންނާއި ޑީއެމްޑީއިންގެ އަސާސީ މުސާރައިން 20 ޕަސެންޓް ކުޑަކޮށް، މީގެ އިތުރުން ބޯޑު އެލަވަންސް ކަނޑާލަން ނިންމާލުން ކަމަށެވެ.

މި ބަދަލާއެކު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިން 32 ޕަސެންޓް ކުޑަ ވެގެން ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.އަދިޗސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުސާރަ ކުރިން 20 ޕަސެންޓް ކުޑަ ކުރަން ނިންމި، ނަމަވެސް މި އަދަދު އިތުރު ކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރުއަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ އިސްކޮށް ތިއްބެވި މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު، 20،000-25،000ރ.ގެ މުސާރަ ލިބޭ މީހުންގެ މުސާރައިން 20 ޕަސެންޓް އަދި 30،000ރ. އާއި 60،000ރ. މަތީން މުސާރަ ލިބޭ މީހުންގެ މުސާރައިން 35 ޕަސެންޓް ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ