ރާއްޖެ ހިމެނޭގޮތަށް 80 މަންޒިލަކަށް ގަތަރު އެއާވޭސްގެ ދަތުރުތަކެއް އަލުން ބާއްވަން ނިންމައިފިއެވެ.
އަންނަ މަހު ފްލައިޓެއް ބާއްވަން ނިންމާފައި ވާތީ، މި ދަތުރުގައި ރާއްޖޭން ބޭރަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ފްލައިޓުގެ މި ދަތުރުގައި ޔޫރަޕުގެ 23 މަންޒިލަކާއި އެމެރިކާ ބައްރުގެ 20 މަންޒިލެއް އަދި އޭޝިއާ ސަރަހައްދުގެ 23 މަންޒިލަކަށް އުދުހޭނެ އެވެ. ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން އަޅާފައިވާ ޓްރެވަލް ރެސްޓްރިކްޝަންތަކަށް އެހާތަނަށް ލުއި ދޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކޮވިޑް-19 ގެ މިހާލަތުގައިވެސް އެ އެއާލައިނުން ދަނީ އެކި ގައުމުތަކުގައި ތިބި ޕަސިންޖަރުން އެމީހުންގެ ގައުމަށް އެނބުރި ދެވޭނެ ގޮތެއް ފަހިކޮށްދިނުމަށް ފްލައިޓުތައް ބާއްވަމުންނެވެ. މިހާރުވެސް 30 މަންޒިލަކަށް އެ އެއާލައިނުގެ ދަތުުރުތައް ބާއްވާއިރު މިލިއަނެއްހައި ފަސިންޖަރުން އުފުލާފައި ވެއެވެ.
ގަތަރު އެއާވޭސްއަކީ ރާއްޖޭގެ އެއާޕޯޓް ލޮކްޑައުން ކުރުމުގެ ކުރީގައި އެންމެ ގިނައިން ފްލައިޓްތައް ބާއްވަމުން ގެންދިޔަ އެއާލައިނެވެ.