ފޮޓޯ: ސަން

އައްޑުއިން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫއިން މާލެ ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ރެފާކޮށް ރޭގެ ވަގުތެއްގައި ފޮނުވާލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެކަމާ ގުޅިގެން އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެ ސިޓީގައި ވަނީ ފަށާފައެވެ.

މަރަދޫފޭދޫއަށް ނިސްބަތްވާ އެ މީހާއަކީ، މާލެ އަތޮޅުގައި އޮންނަ އަންނަތާރާގެ ރިސޯޓެއްގައި މަސައްކަތް ކުރި މީހެއް ކަމަށާއި، އޭނާ އައްޑޫއަށް އައީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށްވެއެވެ.

އައްޑޫއިން ޕޮޒިޓިވްވި މީހާ މަސައްކަތް ކުރަމުން ދިޔަ އަނަންތާރާގެ ދިގު ރިސޯޓުން މިިދޔަ މާޗް 13 ވަނަ ދުވަހު ޓެސްޓުކުރި ބިދޭސީއަކު ކޮރޯނާ ވައިރަަހަށް ޕޮޒިޓިވްވެ އެ ރިސޯޓުން ބައެއް މީހުން އެކަހެރި ކުރި އެވެ. އަދި މިއީ އައްޑޫ އިން މިހާތަނަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ