ޓްރީ ޓޮޕް ހޮސްޕިޓަލުން މަހަކު 20 މިލިއަން ރުފިޔާ ހަރަދުކުރާނެ

ޓްރީ ޓޮޕް ހޮސްޕިޓަލް ކޮވިޑް-19 އަށް ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރި އިރު އެތަނަށް ކޮންމެ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަރަދުވާނެ އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. އަދި އެ ހުރިހާ ހަރަދުތައް ކުރާނީ ހޮސްޕިޓަލުގެ ޝެއާ ހޯލްޑަރުން ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ޗަމްޕާ އާއިލާއިން ހިންގާ އެ ހޮސްޕިޓަލްގެ އާންމު ހިދުމަތްތައް ތިން މަސް ވަންދެން ހުއްޓާލުމަށްފަހު، އެ ހޮސްޕިޓަލް ވަނީ ކޮވިޑްއަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.

އެކަމާ ގުޅިގެން މިއަދު ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފައިންބާގް ވިދާޅުވީ، ޓްރީ ޓޮޕް ހޮސްޕިޓަލް، ކޮވިޑް ފެސިލިޓީގެ ގޮތުގައި ހިންގާއިރު އެ ހޮސްޕިޓަލުގެ މެނޭޖުމެންޓާއި މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.

ފައިންބާގް ވަނީ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ދެވޭ އިނާޔަތްތަކާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން މުސާރަ ކުޑަ ނުކުރަން ނިންމާފައިވާއިރު، ހޮސްިޮޓަލްގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް “ހެޒާޑަސް ޕޭ”ގެ ގޮތުގައި ހާއްސަ އިނާޔަތެއް ދޭން ނިންމަވާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ