ބީއެމްއެލްގެ ހިދުމަތް ހޯމަ އަދި ބުދަ ދުވަހު ލިބޭނެ

ކުރިއަށް އޮތް ހަފްތާގައިވެސް ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތް ހޯމަ އަދި ބުދަ ދުވަހު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ދެ ދުވަހު ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭއިރު އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

ރާއްޖެއިން ބޭރަށް ފައިސާާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް InternationalTransfers@bml.com.mv މެދިވެރިކޮށް ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ބުނީ އިންޓަރނެޓް ބޭންކިން މެދުވެރިކޮށްވެސް ޓީޓީ ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ