ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ 8 މީހެއްގެ ފައިގައި ޓެގު އަޅުވަނީ

ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ 8 މީހެއްގެ ފައިގައި ޓެގު އަޅުވައި ބެލެހެއްޓުމަށް ހައި ކޯޓުން “މޮނިކޮން އަމުރު” 1 އަހަރަށް ނެރެފިއެވެ.

މި މީހުންގެ މައްޗަށް “މޮނިކޮން އަމުރު” ނެރެފައި ވަނީ، ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން އެ އަމުރު ހޯދުމަށް ކޯޓްގައި އެދުމުންނެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ހައިކޯޓުން ނެރުނު އެ އަމުރުގައި ބުނެފައި ވަނީ އަމުރު ތަންފީޒު ކުރަން ފަށާނީ، މޭ 7، 2020 ދުވަހުގެ މެންދުރު 12:30 އިން ފެށިގެން މޭ 7، 2021 ދުވަހުގެ މެންދުރު 12:29 އަށް ކަމަށެވެ.

އެ އަމުރު ރައްދުވާ އަށް މީހުންގެ ގައިރު ހާޒިރުގައި ހައި ކޯޓްގެ ތިން ގާޒީއަކު ސޮއި ކުރައްވާ ނެރުއްވާފައިވާ އަމުރުގައި ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި ވަކި ސަރަހައްދުތަކަކަށް ނުދެވޭނެ ކަމަށް އެންގުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން މާލެއިން ބޭރަށް ދިއުން މަނާކުރުމާއި ހަފްތާއަކު އެއް ފަހަރު ފުލުހުން ކަނޑައަޅާ ދުވަހެއްގައި ފުލުސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރަން ޖެހޭ ގޮތަށް ވެސް އަމުރުގައިވެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ