ކޮވިޑް-19 އަށް މިއަދު 45 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވި 45 މީހުންގެ ތެރޭގައި ހިމެނެނީ 22 ބަންގްލަދޭޝް މީހުނާއި 20 ދިވެހިންގެ އިތުރުން ނޭޕާލް 2 މީހަކާއި އިންޑިިއާގެ އެކަކު ކަމަށެވެ.
މިއަދު ބަލި ޖެހުނު މީހުންނާއި އެކު ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު މި ވަނީ، 835 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 573 ބިދޭސީންނާއި 282 ދިވެހިންއެވެ.