އިންކަމް ޓެކްސް ނަގަން ފެށުމާއެކު ސަރުކާރު މުވައްޒަފުންގެދަ އާމްނީން ޓެކްސް އުނި ކުރަން ފަށައިފިއެވެ.
ވަކިވަކި ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ނިންމައި މިދިޔަ އަހަރު ޑިސެމްބަރު މަހު ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފު ކޮށްފައިވާއިރު، ގާނޫނުގައިވާ ގޮތުގެ މަތިން އިންކަމް ޓެކްސް ދައްކަން ޖެހޭނީ ވަކި އަދަދަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކަށެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުން ފެށިގެން މުވައްޒަފުންގެ އުޖޫރަ އިން ޓެކްސް އުނި ކުރަން ނިންމައި، މުވައްޒަފުންގެ އުޖޫރަ އިން “ވިތު ހޯލްޑިން ޓެކްސް” އުނި ކުރުމުގައި އަމަލު ކުރާނެ އުސޫލު ތަކެއް ވަނީ އާއްމު ކޮށްފައެވެ.
މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހޭ މުވައްޒަފުން ހިމެނޭ އޮފީސް ތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވިތުހޯލްޑިން ޓެކްސް ދެއްކުމަށް ފުރިހަމަކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރަން ޖެހެއެވެ.
އިންކަމް ޓެކްސް ދައްކަން ޖެހެނީ، މަހަކު 60،000 ރުފިޔާ އިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުންނެވެ.