ފޮޓޯ: ސަން

ކޮވިޑް-19އަށް ފަހު އެއާޕޯޓް ހުޅުވައި، ޓޫރިޒަމް ފަށައި ގަނެވޭނެ ޕްލޭނެއް އެކުލަވާލައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ވުމުން އަލުން އެއާޕޯޓް ހުޅުވައި، ޓޫރިޒަމް ފަށައި ގަނެވޭނެ ޕްލޭނެއް އެކުލަވާލައި ރައީސް އޮފީހާ މިހާރު ހިއްސާ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

 ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުން، ކުރިއަށް ދެ ތިން ދުވަހެއްގެ ތެރޭގައި ކޮވިޑް-19 އިގެ އެންމެ ނުރައްކާތެރި ފައްތަރު ފެށިގެން ދާނެ ކަމަށާއި، ބަލި ފެތުރިގަންނާނެ ކަމުގެ ބިރު އޮތް މި ހާލަތު އޮންނާނީ ދެ ހަފުތާ އާއި ހަ ހަފުތާއެއްގެ މުއްދަތަށް ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާއިރު، އެ މުއްދަތުގެ ތެރޭގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ތަންފީޒު ކުރެވިއްޖެ ނަމަ، ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، މަޑުމަޑުން އާއްމު ހާލަތަކަށް އެނބުރި ދިއުމުގެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭރުގެ ބައެއް މާހިރުންނާއި އެހެން ގައުމުތަކުގެ ތަޖުރިބާތަކަށް ވެސް ބަލައިގެން، ޓޫރިޒަމަށް އަލުން ހުޅުވާލާއިރު އަމަލު ކުރާނެ އުސޫލެއް ކަރުދާހަށް ތިރިކޮށް ރައީސް އޮފީހަށް ފޮނުވިފައި ވާނެ ކަމަށެވެ. އަދި އޭގެ ފަހުން، އެ ޕްލޭން ޓޫރިޒަމް ސިނާއަތުގެ އިސް ބޭފުޅުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ