ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ

ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. ވިއްސާރަކުރާން ކަމަށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އިރު އުތުރުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ.

މެޓް އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނަ އަދަދަކަށް ވިއްސާރަވިލާ އަރަމުންދާ ކަމަށެވެ.

ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދެެއްގެ ވިއްސާރަވިލާ އުފެދެމުންދާ ކަމަށާއި މި ދުވަސްވަރަކީ އާންމުކޮށް ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަވާން ފަށާ ދުވަސްވަރު ކަމަށާއި، މި ހަފްތާގެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މި ވިއްސާރާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެދުރާއްޖެތެރެއާއި ދެކުނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ