ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.
މިރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މިއަދު އެކަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން ބަލިން ރަނަގަޅުވި މީހުންގެ އަދަދު ވަނީ 31 އަށް އަރައިފައެވެ.
މިރޭގެެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 95 ކަމަށެވެ.
ކޮވިޑް-19 ޖެހުނު 826 މީހުންނަށް މިހާރުވެސް ދަނީ ރާއްޖޭގައި ފަރުވާ ދެމުންނެވެ.