ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މާފުށީ ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން 22 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލް ވެސް ވައިރަހަށް ނެގެޓިވް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޖަލުން ނަގާފައި ވަނީ 38 ސާމްޕަލް ކަމަށާއި، މިހާތަނަށް ނަތީޖާ ލިބުނު 22 ސާމްޕަލްގެ ނަތީޖާ ވެސް ބައްޔަށް ނެގެޓިވް ކަމަށެވެ.
ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އިން މިހާރު ދަނީ އެއްވެސް ޕޮޒިޓިވް ކޭސްްއަކާ ގުޅުމެއް ނެތް މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުންނެވެ.
އެގޮތުން މި މަހުގެ އަށް ވަނަ ދުވަހު މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އަދި 23 އޮފިސަރެއްގެ ސާމްޕަލް ނެގިއެވެ.