އިންޑިއާގައި ލޮކްޑައުންގެ މުއްދަތު 2 ހަފްތާއަށް އިތުރުކޮށްފި

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގައި އިއުލާންކުރެވިފައިވާ ލޮކްޑައުންގެ މުއްދަތު ދެ ހަފްތާއަށް އިތުރު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާގައި ލޮކްޑައުންގެ ހާލަތު ފުރަތަމަ މާޗް 24 ވަނަ ދުވަހު އިއުލާނު ކުރެވިގެންދިޔައިރު، މިހާތަނަށް އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 90،000 އަށް ވުރެ މަތީގައި އުޅޭއިރު ބަލީގެ ސަބަބުން އެގައުމުގައި 2،869 މީހަކު ވަނީ މަރުވެފައެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ކުރި އިއުލާނުގައި އެގައުމުގެ ޑިޒާސްޓާ ރެސްޕޮންސް އޮތޯރިޓީއިން ވަނީ ނިންމާފައެވެ. އަދި ނިންމުމާއެކު އިގްތިސާދީ ހަރަކާތްތައް ފެށުމުގެ މުހިންމުކަމަށް ވިސްނައި އާ ގައިޑްލައިންތަކެއް އެގައުމުގައި ޝާއިއުކުރާނެ ކަމަށްވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ބައެއް ކަހަލަ ޚިދުމަތްތައް ވަކި ސަރަހައްދުތަކެއްގައި ދިނުމަށް މިހާރު އިންޑިޔާގެ ސަރުކާރުން ލުއިތަކެއް ދީފައިވީނަމަވެސް އަދިވެސް ގިނަ އިގްތިސާދީ ހަރަކާތްތަކާއި އާންމު ދިރިއުޅުމުގެ ކަންކަން އިންޑިއާގައި އޮތީ މަޑުޖައްސާލެވިފަ އެވެ.

 

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ