ސާމްޕަލް ނެގުން އަވަސްކުރަން މާލޭގައި ބަގީ ބޭނުންކުރަނީ

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް މާލޭގައި ނަގާ ސާމްޕަލްތައް ނެގުން އަވަސްކުރުމަށް ބަގީ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އެންއޯއީސީގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އިން ބުނެފިއެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެންއޯއީސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރުއާރުޓީގެ ކްލަސްޓާ ހެޑް އަބްދުލް ހަމީދު ވިދާޅުވީ، ސާމްޕަލް ނެގުމުގައި 72 ގަޑި އިރުގެ ލަސްވުމެއް އުޅޭ ކަމަށާއި ސާމްޕަލް ނެގުން ވީހާވެސް އަވަސް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސާމްޕަލް ނެގުމުގައި ދިމާވާ އެންމެ ބޮޑު އެއްދައްޗަކީ މާލޭގެ ހަނި ގޯޅިތަކަށް އެމްބިއުލަންސް ވެއްދުމުގައި ދިމާވާ ދަތިތައް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ސާމްޕަލް ނަގަން ދާ ޓީމުތައް މާލޭގެ އެކި ސަރަހައްދުތަކަށް ދިޔުމަށް ބަގީ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ، އިއްޔެ މޫސުން ތަން ނުދިނުމުގެ ސަބަބުން ބަގީގައި ދަތުރުކޮށް ސާމްޕަލް ނެގުން ނުފެށުނު ކަމަށާއި ނަމަވެސް މިއަދު މޫސުން ތަން ދީފި ނަމަ، ބަގީގައި ގޮސް ސާމްޕަލް ނެގުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 10،000 ވުރެ ގިނަ ސާމްޕަލް ނެގުނު އިރު ނަތީޖާ ނުލިބޭ ސާމްޕަލްތަގެ އަދަދަކީ 400 އެއްހާ ސާމްޕަލެވެ. މިހާތަނަށް ޕޮޒިޓިވްވާ މީހުންގެ އަދަދަކީ، 1،106 މީހުންނެވެ.

 

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ