ވިލިވަރުގައި ތަރައްގީކުރި އައިސޮލޭޝަން ފެސިލިޓީގެ ހުރިހާ މަސައްކަތެއް ނިންމައި ހަވާލުކޮށްފި

ކޮވިޑް19 އާ ގުޅިގެން ކ. ވިލިވަރުގައި ތަރައްގީކުރި އައިސޮލޭޝަން ފެސިލިޓީގެ ހުރިހާ މަސައްކަތެއް ނިންމައި ހަވާލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ، ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމާލުމާ އެކު އެތަނުގައި ބަލިމީހުންނަށް 218 އެނދު ހުންނާނެ ކަމަށާއި، އެއާކޮންޑިޝަން ތިން ޓެންޓާ އެކު ގާއިމްކުރި އެ ފެސިލިޓީގައި 20 ފާހާނާ އަދި ފެންވަރަން ހާއްސަ 29 ޝަވަރާ އެކުއެވެ. ވިލިވަރު ތަރައްގީކޮށްފައި ވަނީ ބިދޭސިންނަށް ހާއްސަކޮށްގެންނެވެ.

ފުރަތަމަ މި ތަނުގައި ތަރައްގީކޮށްފައިވަނީ 30 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީ އެކެވެ. ނަމަވެސް އެކިސަބަބުތަކާހުރެ އެތަން ބޭނުންކުރުން ހުއްޓާލި އެވެ. ދެވަނަ ފޭސް ތަރައްގީކުރި އިރު ވިލިވަރުގައި މަސައްކަތްކުރާ ސްޓާފުންނާއި މެޑިކަލް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރުމަށް އިތުރު 30 ކޮޓަރި ވަނީ ތައްޔާރުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމުމުގައި ފެނަކަ ކޯޕަރޭޝަނުގެ ބޮޑުއެހީތެރިކަމެއް ލިބުނު ކަމަށެވެ.

ސާދަ ދުވަހުގެ ތެރޭގައި ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމައި އެންޑީއެމްއޭ އާ ހަވާލު ކުރިއިރު، ޓޫރިޒަމް މިނިސްޓަރު އަލީވަހީދާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ވިލިވަރަށް ވަޑައިގެން އެތަން ބައްލަވާލައްވައިފަ އެވެ.

ރާއްޖެއިން މިހާތަނަށް 1106 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ 399 ދިވެހިންނާއި 707 ބިދޭސިންނެވެ. މިހާތަނަށް ރާއްޖެއިން 80 މީހުން ބަލިން ރަނގަަޅުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ