ކޮރޯނާވައިރަސް، ކޮވިޑް-19ގެ އިތުރު 43 ކޭހެއް މިއަދު ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މިއަދު ހެނދުނު 10:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 28 ބަންގްލަދޭޝް މީހަކާއި ހަތަރު އިންޑިއާ މީހެއް ގެ އިތުރުން ނޭޕާލް މީހެކެވެ.
މިއަދުގެ 10 ޖެހުމާ ހަމައަށް ޖުމްލަ 43 ކޭސް ފެނިފައިވާއިރު، އިއްޔެ ފެނުނު ކޭސްތަކުގެ ޖުމްލައަކީ 37 އެވެ. މިއަދަދުތަކާ އެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ، 1،186 އަށް އަރައިފަ އެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،186 އަށް އަރާފައިވާއިރު، 91 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ.