ހަރަދުތައް ކުޑަކޮށް އެމްޓީސީސީން 62 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފި

ހަރަދުތައް ކުޑަކޮށް، ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން 62 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފި އެވެ.

އެމްޓީސީސީން ނެރުނު އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ވިޔަފާރިކޮށްގެން 353.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 21.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ކުންފުނީގެ ހިންގުމަށް މިއަހަރު ބަދަކުތަކެއް ގެނެސް، ކުންފުނީގެ ހިންގުމުގެ ހަރަދުތައް ދަށްވުމާއެކު ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 30.7 މިލިއަން ރުފިޔާ ލިބުމަށްފަހު މި ކުއާޓަރުގައި 62 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 52.9 މިލިއަން ރުފިޔާއެވެ.

ހަރަދުތަކަށް ބަލާއިރު، މާކެޓިންގެ ހަރަދުތައް ދެ މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މާކެޓިންއަށް 21 މިލިއަން ރުފިޔާ އެމްޓީސީސީން ހަރަދުކޮށްފައިވެ އެވެ. އިދާރީ ހަރަދުތަކުގެ ބައިން 15 ،މިލިއަން ރުފިޔާ ދަށްކޮށް، އިދާރީ ހަރަދުތައް 30.8 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ.

މި ނަތީޖާތަކާއެކު އެމްޓީސީސީގެ ހިއްސާއަކަށް ޖެހުނު އާމްދަނީގެ އަދަދު 6.59 ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. 2019ގެ ހަތަރުވަނަ ކުއާޓަރުގައި ހިއްސާއެއްގެ އާމްދަނީ ހުރީ 3.83 ގައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ