ފޮޓޯ: ރާއްޖެ އެމްވީ

މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރެއް ނެތް: ސީއެސްސީ

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުން ނުވަތަ އެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އެއްވެސް ބާރެއް، ގާނޫނީ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ލިބިގެން ނުވާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިތުރުގަޑީގެ ފައިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސިވިލް ސާވިސް ކޮމިޝަނަށް ފާޑުކިޔަމުންނެވެ. އަދި ކޮމިޝަނަށް ގާނޫނުން ލިބިދީފައިނުވާ ބާރުތަކެއް ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، ކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް މީޑިއާތަކުން، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅުތަކަކީ، ސިވިލް ސާވިސް ކޮމިޝަނުން ކުރަމުންގެންދާ ކަންތައްތަކެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް
މައުލޫމާތު ފަތުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ނޭޝަނަލް ޕޭ ކޮމިޝަނަށް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުގައި މަގާމުތަކުގެ ހާއްސަ އޮނިގަނޑުތައް އެކުލަވާލައި، އެ އޮނިގަނޑުތަކަށް މުސާރައާއި އެލަވަންސްތައް ކަނޑައެޅުމަށް، ނޭޝަނަލް ޕޭ ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ނަރުހުންގެ އޮނިގަނޑެއް އެކުލަވާލުމާއެކު އެ އޮނިގަނޑަށް މުސާރައާއި އެލަވަންސްތައް ކަނޑައަޅައި 2018 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ