ފޮޓޯ: އޭއޯ ނިއުސް

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަ ކުރަން ރައީސް މައުމޫން ތާއީދުކުރައްވައިފި

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަ ކުރަން ވީހާވެސް އަވަހަށް ރައްޔިތުންގެ މަޖިލީހުން ނިންމުން މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މަޖިލީހުގައި ދަންނަވައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީއިން ވަނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަ ކުރަން މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު އިސްލާހުކޮށްގެންނެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ އިތުރުން އާންމުދަނީ ހޯދަން ކުރަން ކުރާ މަސައްކަތްތައް ނުކުރެވިފައި ތިބިކަމަށާއި، ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވާކަންވެސް ރައީސް މައުމޫން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

އެ ސަބަބުތަކާ ހުރެ ރައީސް މައުމޫން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަ ކުރުން އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު އަދަދެއް އެކި އިނާޔަތުގެ ގޮތުގައި ދައުލަތުން އަންނަނީ ކޮންމެ މަހަކު ހޭދަކުރަމުންނެވެ. އެގޮތުން އެބޭފުޅުންގެ މާލީ އިނާޔަތާއި އޮފީސް ހިންގުމުގެ ހަރަދު އަދި ބޭސްފަރުވާއަށް 15 މިލިއަން ރުފިޔާ މި އަހަރަށް ބަޖެޓުކޮށްފައިވެ އެވެ.

ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ، އެކަމަޑޭޝަނަށް 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާ ކޮންމެ މަހަކު ދެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ