ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިޖެހޭނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.
މިއަދުގެ 10 އިން މާދަމާގެ 10 އަށް މޫސުން ކުރިއަށް ލަފާކޮށްފައިވާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ފަސް ފޫޓާއި ހަތް ފޫޓަށް އުފުލޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެތީ މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސް ކުރެއެވެ.