ފޮޓޯ: އަވަސް

މި ފަހުން ފެނުނު ގިނަ ކޭސް ތަކަކީ ކުރިން ފެނިފައިވާ ކްލަސްޓާތަކާ ގުޅޭ ކޭސްތައް: މަބްރޫކް

ރާއްޖެއިން މިހާރު ފެންނަމުން މިދާ ގިނަ ކޭސްތަކަކީ ކުރިން ފެނިފައިވާ ކްލަސްޓާތަކާ ގުޅޭ ކޭސްތައް ކަމަށް އެންއޯއީސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މީގެ ކުރިން ބުނީ، ރާއްޖޭގައި ދުވަހުން ދުވަހަށް ފެންނަ ކޭސްތައް މިހާރު 30-40 ދެމެދު ހިފަހެއްޓިފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވިވާ މީހުންނާ ކޮންޓެކްޓްވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް މަދު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިދިޔަ ދެދުވަހު ފެނުނު 82 ކޭސްގެ ތެރެއިން އެއްވެސް ކުލަސްޓާ އަކާ ގުޅުމެއް ނެތް ކޭސްތައް ވަރަށް މަދު ކަމަށާއި، ގިނަ ކޭސްތަކަކީ ކުރީގެ ކޭސްތަކާ ކޮންޓެކްޓްވެ، މީގެ ކުރިން އެކަހެރި ކުރެވިފައިވާ މީހުން ކަމަށެވެ.

މަބްރޫކު ވިދާޅުވީ، 82 ކޭސްގެ ތެރެއިން ދެން ހިމެނެނީ، ތޮއްޖެހިފައިވާ ބިދޭސީން އުޅޭ ސައިޓުތަކުން ފެނުނު ހަ ކޭސްކަމަށެވެ. އަދި އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް އަށް ކޭސް ފެނުނު ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިއަދު މިހާތަނަށް އަދި އެއްވެސް ކޭސްއެއް ފެނިފައިވާކަމަށް އެޗްޕީއޭ އިން ހާމައެއް ނުކުރެވެ. ސަރުކާރުން ނިންމާފައިވަނީ މިހާރު ހުރި ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވި، ދުވަހުން ދުވަހަށް ފެންނަ ކޭސްތައް މަދުވާ ނަމަ، އަންނަ ބުރާސްފަތި ދުވަހުގެ ފަހުން މާލޭ ސަރައްހަދުން ފެންނަ ކޭސްތަކަށް ލުއިދޭންށެވެ. އަދި ލުއި ދޭން ނިންމާފައިވަނީ ފިޔަވަހި ތަކަށް ބަހާލައިގެން ކަމަވެސް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ