ހދ. ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް މިއަދު ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޮފިޝަލަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ހަރަކާތެއް ނެތް ފަސް އަހަރުގެ އަންހެއް ކުއްޖަކު މިއަދު ހަވީރު 4:30 އެހައިކަންހާއިރު އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އެ ކުއްޖާ ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
އެ ކުއްޖާ މިއަދު މަރުވެފައިވާއިރު އެއްވެސް ބައްޔެއް ހުންނަކަން އެނގިފައި ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިއަދު ވެސް އު ކުއްޖާ އުޅެފައިވަނީ އެހެން ދުވަސްތަކެކޭ އެއްގޮތަށް އާންމުކޮށް އުޅޭގޮތަށް ކަން ވަނީ އެނގިފަ އެވެ.