ފޮޓޯ: ސަން

ސްކޫލްތައް ހުޅުވަން ޑަބްލިއުއެޗްއޯއިން އެހީތެރިވެދޭން ނިންމައިފި

ރާއްޖޭގެ ސްކޫލްތައް ހުޅުވަން ޑަބްލިއުއެޗްއޯއިން އެހީތެރިވެދޭން ނިންމައިފިއެވެ.

މިދިޔަ މާޗް މަހުން ފެށިގެން ސްކޫލްތައް އޮތީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ބަންދުކޮށްފައެވެ.

މާލެ ފުރަބަންދުކުރި ކުރި ފަހުން މިދިޔަ އޭޕްރީލް މަހު 15 ގައި ޓެލެކްލާސްތައް މެދުކަނޑާލުމަށްފަހު އަލުން ޓެލެކްލާސްތައް ފެށީވެސް އިއްޔެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ބުނީ ސްކޫލްތައް ފަށަން މިހާރު ތައްޔާރުވަމުންދާ ކަމަށާއި އަދި އެކަން ކުރާނީ ސްކޫލްތައް ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން އިއްޔެ ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރުއާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވަވައިފައެވެެ. އެ ބައްދަލުވުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް އަލުން ފެށުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން “ސެނިޓައިޒް” ކުރުމަށް ބޭނުންވާ ތަކެއްޗާއި އަދި އެކަމަށް މީހުން ތަމްރީންކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން އެއްބަސްވެފައިވާ ކަމަށެެވެ.

ސްކޫލްތައް އަލުން ހުޅުވާއިރު ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ހުރިތޯ ބަލާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ އިތުރުން ސްކޫލްތައް ހުޅުވޭއިރު އާންމުކޮށް ދަރިވަރުން އަތްލާ ހަދާނެ ތަންތަން ޑިސްއިންފެކްޓްކޮށް އެކަންކަން ކުރާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން މީގެ ކުރިން ބުނީ ސްކޫލްތައް އަލުން ހުޅުވާނީ އަންނަ މަހު 16 އިގެ ފަހުން ކަމަށެވެ. ނަމަވެސް ސީދާ ވަކި ދުވަހެއް ހާމައެއް ނުކުރެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ