ފޮޓޯ: އަވަސް

މާލެ އަންނަން 4،800 އަށް ވުރެ ގިނަ ހުއްދަ ވަނީ ދޫކުރެވިފަ: ފުލުހުން

ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދު ކުރި ފަހުން މާލެ އަންނަން ވެގެން 4،800 އަށް ވުރެ ގިނަ ހުއްދަ ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެެ.

ކޮވިޑް-19 އާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މިއަދު މެންދުރު 02:00 އާ ހަމައަށް 4،818 ފަރާތަކަށް މާލެ އައުމުގެ ހުއްދަ ދެވިފައިވާ ކަމަށެވެ. ކޮރޯނާވައިރަސްއާ ގުޅިގެން އިއުލާންކޮށްފައި އޮތް ފުރަބަންދުގެ މުއްދަތު މިއަދު ހަމަވާން އޮތް ނަމަވެސް އަނެއްކާވެސް ވަނީ ބައެއް ލުއިތަކާއެކު ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައެެވެ. ސަރުކާރުން ބުނީ ފުރަބަންދަށް ލުއި ދޭނީ ވަކި ފޭސްތަކަށް ބަހާލައިގެން ކަމަށާއި އަދި މި ފެށޭ ފޭސް އެކެއްގައި އެއް ރަށުން އަނެއް ރަށަށް ހާއްސަ ހުއްދައެއް ދީގެން ނޫނީ ދަތުރުނުކުރެވޭނެ ކަމަށެވެ.

މީގެ ކުރިން އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދަތުރުކުރި ބައެއް މީހުން ހައްޔަރުވެސް ކޮށްފައިވެއެވެ. މިހާތަނަށް ކޮވިޑް19 ޖެހިފައިވާ 1،471 މީހުން ރާއްޖެއިން ފެނިފައިވާއިރު ބަލީގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ