އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އެސްޓީއޯ ސުޕަމާޓް އާންމުކޮށް ހުޅުވާލައިފިއެވެ.
އެސްޓީއޯއިން ބުނީ މިއަދު ހެނދުނުން ފެށިގެން ޝޮޕިން ޕާމިޓް އޮތް ފަރާތްތަކަށް އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރަށް ގޮސް ވިޔަފާރި ކުރެވޭނެ ކަމަށެވެ. އަދި ސުޕަމާޓު ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00އަށް އަދި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ. ހޯލްސޭލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.
އަދި ހުކުރު ދުވަސްތަކުގައި ސުޕަމާޓު ވެސް ހޯލްސޭލް ސެންޓަރު ވެސް ބަންދުވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯގެ ސުޕަމާޓާއި ހޯލްސޭލް ސެންޓަރުގެ އިތުރުން އެހެން ފިހާރަތައް ބަންދުކުރީ އޭޕްރީލް މަހު މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. ނަމަވެސް މިވީ މުއްދަތުގެ ތެރޭގައި ވެސް އާންމުންނަށް ޑެލިވަރީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.