މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖެއިން ކޮވިޑް-19 ގެ 101 ކޭސް ފެނިފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޕޮޒިޓިވްވީ މީހުންގެ ތެރެއިން 79 މީހުންނަކީ އެއް ކްލަސްޓާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އެހެންކަމުން މިއީ ލުއިދިނުމުގެ ސަބަބުން އިތުރުވީ އިތުރުވުމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވިި މީހުންގެ ޖުމްލަ 453 އަށް އަރައިފި ކަމަށްވެސް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
މިއާއެކު ރާއްޖޭގެ ރިކަވަރީ ރޭޓް، ނުވަތަ ބަލިން މީހުން ރަނގަޅުވާ ނިސްބަތް ހުރީ 27.09 ގައެވެ.